ސޯޝަލް މީޑިއާގައި ކުޑަކުދިންނާއި އޭނާ ޗެޓް ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބޮލީވުޑްގެ ތަރި އާރް މަދަވަން ބުނެފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާރް މަދަވަން ބުނެފައިވަނީ އޭނާ ކުޑަކުދިންނާ ރަނގަޅު ނޫން ނަޒަރަކުން ވާހަކަ ދައްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އަަސްލު ކަން ހިނގާފައި ވަނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ.
އެގޮތުން އޭނާ ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓަކީ ފޭނަކު އޭނާގެ މަސައްކަތަށް ތައުރީފް ކޮށް ފޮނުވި މެސެޖަކަށް ޝުކުރު އަދާ ކޮށް ދިން ރިޕްލައިއެއްގެ ސަބަބުން ދައުރުވަމުންދާ ފޮޓޯތަކެއް ކަމަށެވެ. އަދި އޭނާ އެކުއްޖާއަށް ޝުކުރު އަދާ ކޮށް ރިޕްލައި ދިނީ ގޯސް ނިޔަތެއްގައި ނޫން ކަމަށާއި، އެއީ ވަރަށް ބޮޑަށް އޭނާގެ މަސައްކަތަށް ތައުރީފް ކޮށްފައި ވުމުން ދިން ރިޕްލައި އެއް ކަމަށް މަދަވަން ވަނީ ބުނެފައެެވެ.
މަދަވަން އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެރުނު ފިލްމު "ހިސާބް ބަރާބަރު" އިންނެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ބޭންކު ސްކޭމްތަކުގެ މައްޗަށެވެ. އޭނާގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓުތަކުގެ ތެރޭގައި "ދޭ ދޭ ޕްޔާރް ދޭ 2" އާއި "ކެސާރީ ޗެޕްޓާ 2" ފަދަ ފިލްމުތައް ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު