ބައިވެރިޔާއާއެކު ޕިއްޒާ ކަނީ- ގޫގުލް އިމޭޖެސް
ބައިވެރިޔާއާއެކު ޕިއްޒާ ކަނީ- ގޫގުލް އިމޭޖެސް
ހަޔާތުގެ ބައިވެރިޔަކަށް ހިޔާރު ކުރާ ފަރާތާ ބެހޭ މައުލޫމާތު އެނގުމަކީ އޭގެ ސަބަބުން ތިބާއަށް އޭނާ ރަނގަޅަށް ދަސްވުމަށް ލިބޭ ފުރުސަތެކެވެ. އަދި ބައިވެރިޔާގެ ހަޔާތުގެ ކަންތައް އެނގޭނަމަ ދެމީހުންގެ ދެމެދު އޮންނަ ގުޅުންވެސް އިތުރަށް ވަރުގަދަ ވެއެވެ.

މިފަހަރު މި ހިމަނާލަނީ ހަޔާތުގެ ބައިވެރިޔާއާ ގުޅޭ ގޮތުން އެނގެން ޖެހޭ ބައެއް ކަންކަމެވެ.

ބައިވެރިޔާގެ ހޮބީތައް

ހަޔާތުގެ ބައިވެރިޔާ ރަނގަޅަށް ދަސްކުރަން ބޭނުންވާނަމަ އޭނާގެ ހޮބީތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ހޮބީތަކަކީ އޭނާއަށް ލިބޭ ހުސް ވަގުތުތަކުގައި އޭނާ އެންމެ ކުރަން ބޭނުންވާ، އަދި އެންމެ ކުރާހިތްވާ ކަންތަކެވެ. މިކަންތައް އެނގޭނަމަ ބައިވެރިޔާ އަށް ހުސް ވަގުތު ލިބޭ ގަޑިތަކުގައި އޭނާއާއެކު އެކަންތައް ތިބާއަށް ކުރެވޭނެއެެވެ. އަދި އޭގެ ސަބަބުން ދެމީހުން އެކުގައި ރަނގަޅި އުފާވެރި ވަގުތުތަކެއް ހޭދަކުރެވި، ދެމީހުންގެ ގުޅުން ވަރުގަދަ ވާނެއެެވެ.

ބައިވެރިޔާ ހަމަޖެހިލަން ކުރާ ކަންތައް

ކޮންމެ މީހަކީވެސް ބިޒީ ދުވަހަކަށްފަހު ހަމަޖެހިލުމަށް ކޮންމެވެސް ކަހަލަ ކަމެއް ކުރާނެ މީހެކެވެ. ތިބާގެ ހަޔާތުގެ ބައިވެރިޔާ މިފަދަ ދުވަހަކަށްފަހު ހަމަޖެހިލުމަށް ކުރާ ކަންތައް ތިބާއަށް އެނގުމަކީ މުހިންމު ކަމެކެވެ. މިކަން އެނގޭނަމަ ބައިވެރިޔާ ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި ތިބާއަށް ފަސޭހަކަމާއެކު އޭނާއަށް އެހީވެވޭނެއެެވެ.

އެންމެ ކަމުދާ ކާނާ

ކާއެއްޗެއްސަކީ ދިރިއުޅުމުގައި ބޮޑު ރޯލެއް އަދާ ކުރާ އެއްޗެއްސެވެ. ބައިވެރިޔާއަށް އެންމެ ކަމުދާ، ބައިވެރިޔާގެ "ކޮމްފޯޓު" ކާނާ ތިބާއަށް އެނގުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިކަން އެނގޭނަމަ ބައިވެރިޔާއަށްޓަކައި ހާއްސަ ކާނާ ތައްޔާރު ކުރަން ތިބާއަށް ފަސޭހަވެއެވެ. މިއީ ލޯބިވާކަން އަންގަން ވަރަށް ރަނގަޅު ގޮތެކެވެ. ބައިވެރިޔާއަށް އެންމެ ކަމުދާ ކާނާ ކައްކާފައި ނުވަތަ އޯޑަރު ކޮށްފައި ދިނުމުން، ދެމީހުން އެކުގައި ކޮލިޓީ ވަގުތު ހޭދަކުރެވި، ގުޅުންވެސް ވަރުގަދަ ވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން