ލ. ފޮނަދޫ
ލ. ފޮނަދޫ
ލ. ފޮނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ފެން ދޫކުރަން ފަށައިފި އެވެ.

ފެނަކައިން އިއްޔެ ހަވީރު ބުނީ ފޮނަދޫގައި ފެނުގެ ހިދުމަތް މެދުކަނޑާލީ އެ ރަށުގައި ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންވެ މާލެއިން ތަކެތި ފޮނަދޫއަށް ފޮނުވައިގެން މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އޭރު ބުންޏެވެ.

އޭގެ ފަހުން މިއަދު ހެނދުނު ފެނަކައިން ބުނީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް ފެނުގެ ހިދުމަތް އަލުން ދޭން ފަށައިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން