ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވަކިކޮށް އެހެން ކޮމިޓީތަކަށް ލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ގެނައި ބަދަލުތައް ހާމަކުރައްވައިފަ އެވެ.
އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަޒާން ވަކިކޮށް އެ ކޮމިޓީއަށް ލާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނެވެ. އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް އަަޒާން ވަކިކޮށް ވިލިމާލެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އެކޮމިޓީއަށް ހަމަޖައްސައިފަ އެވެ.
ބާރުގަދަ ކޮމިޓީތަކުން އަޒާން ވަކިކޮށް ލާފައިވަނީ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށެވެެ.
އަޒާން ބާރުގަދަ ކޮމިޓީތަކުން ބޭރުކުރި އިރު އޭނާއާ ސަރުކާރާ ދެމެދު ގުޅުން ވަނީ ގޯސްވެފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލަށް ވޯޓު ނުދިނުމުން ނެވެ. އެ މައްސަލައިގައި އޭނާ ވަނީ ޕީއެންސީގެ ވަޓްސްއަޕް ގްރޫޕުންވެސް ބޭރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު