ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިޒްރޭލާއެކު އެއްބަސްވުމެއް ހަދައި، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށް ޔަހޫދީންގެ ޢަޤީދާއާއި ވައްޓަފާޅި ވެއްދުމަށް އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ތުހުމަތުކުރައްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ ތަޢުލީމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި އިޞްލާޙުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.
މި ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން އިބްރާހީމް މުޙައްމަދު ވިދާޅުވީ، ދިވެހި ތާރީޚުގައި ތަޢުލީމީ މުޤައްރަރަށް ފުރަތަމަ ފަހަރަށް ނޭދެވޭ އަސަރު ފޯރުވީ ކޮން ބައެއްކަން ސާފުކޮށް ފެންނަން އެބިއޮތް ކަމަށެވެ.
އެގޮތުން 2010 ވަނަ އަހަރުގެ މެއި މަހު އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުޞްޠަފާ ލުޠުފީ ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި، މުޤައްރަރު ބައްޓަންކުރީ ހުޅަނގުގެ ޤައުމުތަކުން ބޭނުންވި ގޮތަށް ކަމަށާއި، ދިވެހި އަދި އިސްލާމް މާއްދާ އިޚްތިޔާރީ މާއްދާތަކަކަށް ހެދީވެސް އެމްޑީޕީގެ ވެރިކަމުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މިހާރުގެ ސަރުކާރަށް ކުރާ ތުހުމަތުތަކަށް ރައްދު ކުރައްވަމުން މެންބަރު ވިދާޅުވީ، މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށެވެ.
އެގޮތުން 3،700 ކްލާސްރޫމް އޭސީކޮށް، ޓީޗަރުން ތަމްރީނުކުރުމުގެ އައު ޕްރޮގްރާމްތައް ފަށައި، 15،300 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ލޯނުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހޯމް ސްކޫލިން ފަދަ ނިޒާމުތަކާ ގުޅުވައިގެން އިދިކޮޅުން ދައްކާ ވާހަކަތަކަކީ ޙަޤީޤަތް އޮޅުވާލުން ކަމަށާއި، މުޖުތަމަޢުގައި އެކި ޙާލަތްތައް ދިމާވެފައިވާ ބެލެނިވެރިންނާއި ދަރިވަރުންނާ މެދު އޯގާތެރިކަމާއެކު ޢަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މެންބަރު އިބްރާހީމް މުޙައްމަދު ވާހަކަފުޅު ނިންމަވާލެއްވީ ކީރިތި ރަސޫލާ ޙަޔާތްޕުޅުން އޯގާތެރިކަމުގެ މިސާލެއް ޙިއްޞާކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު