މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
ދެ ބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީިފި އެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ރުހުން ދިނީ ތުރުކީއަށް ރާއްޖެއިން މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުއް ރަހީމް އަބްދުއް ލަތީފް ރަޝިއާގެ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ހަަމަޖެއްސުމަށެވެ.

އަބްދުއް ރަހީމް އެ މަގާމަށް ހަމަޖައްސަން ފާސްކުރީ 65 މެމްބަރުންގެ ވޯޓާއެކު އެވެ.

އޭގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެއިން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު މޮރޮކޯގެ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް އައްޔަނުކުރަން ވެސް ރުހުން ދީފަ އެވެ. އެއީ 64 މެމްބަރުންގެ ވޯޓާއެކު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން