ގއ. ވިލިނގިލީގައި ރޭސް ކާރަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ރޭ އެ ހާދިސަ ހިނގީ އެ ރަށުގެ އަލިކަތީބު މަގު އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރެއް އެ ރަށުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ބައިސްކަލެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބައިސްކަލާއި ކާރު ދުއްވި މީހާއަށް ވެސް އަނިޔާވެ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާގެ ލައިސެންސް ނެތް ކަމަށެވެ.
އެ ކާރު މިހާރު ވަނީ ޓޯވެސް ކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު