ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުޑަކުދިންނަށް ނުދެވޭނެ ކަމަށް ސައޫދީ ހައްޖު މިނިސްޓްރީން ނިންމައިފިއެވެ.
ސައޫދީގެ ހައްޖު މިނިސްޓްރީން މިފަހަރުގެ ހައްޖުގެ އަޅުކަމުގައި އަމަލުކުރާ އުސޫލުތައް މިދިޔަ މަހު އިއުލާުނުކޮށްފައި ވާއިރު ކުޑަކުދިންނަށް ފުރުސަތު ނުދޭން ނިންމީ މީހުން ގިނަވުމާއި ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްކުރުމަށެވެ. އަދި ހައްޖުގެ އަޅުކަން ރައްކާތެރިކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދަން މަގު ފަހިކުރުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިފަދަ ނިންމުމެއް ސައޫދީގެ ހައްޖު މިނިސްޓްރީން މީގެ ކުރިން ނިންމާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
އެ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭނެ ހާއްސަ ހާލަތެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އަލަށް ހައްޖުވާ މީހުންނަށް މިފަހަރު އިސްކަން ދޭން ނިންމާފައި ވާކަމަށާއި ކުޑަކުދިން އުމުރު ހަމަވުމުން ހައްޖުގެ އަޅުކަމުން އަލުން ފުރުސަތު ހޯދަން މަޑުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރިއެވެ.
ހައްޖު މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި މިފަހަރު ހުރުމަތްތެރިވެގެންވާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަތައް ދޫކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މީހުން ގިނަވެ ތޮއްޖެހޭ ސަރަހައްދުތައް ދެނެގަތުމަށް ޒަމާނީ ކެމެރާތައް ހަރުކުރުމުގެ އިތުރުން ހައްޖު ވިސާ ނެތި ޓޫރިސްޓު ވިސާގައި ސައޫދީއަށް އެތެރެވެ ހުއްދަ ނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވުން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުގެ މީހުންނަށް "މަލްޓިޕްލް އެންޓްރީ ވިސާ" ދިނުންވެސް ހުއްޓާލާފައިވާކަން ފާހަގަ ކުރެވެ އެވެ.
މި ފަހަރު ހައްޖުގެ އަޅުކަމުގެ ދުވަސްތަކާ ދިމާވާނީ ޖޫން މަހުގެ 4-6 އާ ދެމެދެވެ. އަދި މިނިސްޓްރީން ލަފާކޮށްފައިވަނީ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަންކަމެއް ޖޫން 11 އަށް ނިމޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު