ބުޅާ ފެސިލިޓީއަށް ބުޅަލެއް ގެންދަނީ
ބުޅާ ފެސިލިޓީއަށް ބުޅަލެއް ގެންދަނީ
ބޮޑެތި ޖޫރިމަނާތަކާއެކު ޖަނަވާރުންގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭގެ ފުރަތަމަ ކިއުން މިއަދު އިއްވައިފި އެވެ.

"ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ގެ ނަމުގައި އެ ބިލު ހުށަހެޅުއްވީ ޕީއެންސީގެ ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއް ރަހުމާން އެވެ.

އެ ބިލުގެ މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށްޓަކައި މަގުފަހި ކުރުން ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ޖަނަވާރު ވިއްސައި އާލާކުރުމާއި ޕެޓް ޝޮޕްތައް ހިންގުމާއި ސައިންޓިފިކް ނުވަތަ ތައުލީމީ ބޭނުމަށް ވެސް ޖަނަވާރު ގެނެސް ގެންގުޅުމާ ބެހޭ އުސޫލުތައް ބިލުގައި ހިމަނާފައި ވެއެވެ.

ހަމަ އެހެންމެ ޖަނަވާރު ނައްތާލުމާއި ވެޓެނަރީ ފަރުވާގެ ނިޒާމުގެ ހަމަތައް ބިލުގައި ބަޔާންކޮށްފައި ވެެެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެފިނަމަ ކުޑަބޮޑުމިނަށް ބަލައި 10،000 އާއި 100،000 ރުފިޔާއާ ދެމެެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި އޮޅުކޮށްގެން އުޅޭ ޖަނަވާރެއް ވީއްލިގެން އުޅެން ދޫކޮށްލައިފިނަމަ 5000 އާއި 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އޭގެ އިތުުރުން ގާނޫނާ ހިލާފަށް ޖަނަވާރު ވިއްސައި އާލާކުރާނަމަ ވެސް 10،000 އާއި 100،000 ރުފިޔާއާ ދެމެެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން