ފުލުހުން.
ފުލުހުން.
މާލޭގައި ހިންގި ސިނގިރޭޓް ފެކްޓަރީން ބައިލައްކައެއްހާ ސިނގިރެޓް ފޮށި ފެނުނު ކަމަށާއި އެކަމުގައި ޢަމަލުކުރާނެ ގޮތެއް އޮޅުން ފިލުވުމަށް އިޤްތިޞާދީ ވުޒާރާއަށް ހުށައަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެމުން މިއަދު ބުނެފައިވަނީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހ. ހުޅުގަލީގައި ހިންގި ސިނގިރޭޓް ފެކްޓަރީން އަތުލައިގަތީ 49000 ސިނގިރޭޓް ފޮށި ކަމަށެވެ.

އެގޮތުން ރޭޑިއަސް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ އެޕާޓްމަންޓުން 103 ފޮށިގަނޑު އަތުލައިގެންފައި ވާއިރު އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެއާއެކު ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުންޏަކީ އައިޓީއާ ގުޅޭ މަސައްކަތްތައް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށް އިޤްތިޞާދީ ވުޒާރާގެ މައުލޫމާތުތަކުން ދައްކާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ފުލުހުން ބުނެފައިވަނީ އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމަށާއި އެ ވިޔަފާރިއާ މެދު ގޮތެއް ނިންމުމަށް އިޤްތިޞާދީ ވުޒާރާގައި މިހާރު އެދިފައިވާނެ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު މިދިޔަ ޑިސެންބަރު މަހު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ސިނގިރެޓާއި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ހެއްދުމަކީ ނުވަތަ އުފެއްދުމަކީ މަނާ ކަމެކެވެ. އަދި އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭ އަގުތައް ވެސް ވަނީ ބޮޑުތަނުން ބޮޑުކޮށްފަ އެވެ.

ނަމަވެސް ބާޒާރުގައި އަގުހެޔޮކޮށް މިހާރު ވިއްކަމުންދާ ބައެއް ސިނގިރެޓް ތަކަކީ ރާއްޖޭގައި އުފައްދާ ތަކެތި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން