ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލު ކުރުމަކީ އަބަދުވެސް ޕާލިމެންޓަރީ ގުރޫޕުތަކުގައި ހިނގާ ކަމެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ މިއަދު މަޖިމީހުގެ ކޮމިޓީތަކަށް ގެނެވުނު ބަދަލުތަކާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފަލާހު ވިދާޅުވީ ޕީޖީ ގުރޫޕާއި ކޮމިޓީތަކުގެ އަދަދާއި މެންބަރުން ކޮމިޓީގެ ހާޒީރީއަށް ދެއްވާ އަހަންމިއްތުކަމާއި ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމަށް ބިނާކޮށް، އެކި ކޮމިޓީތަކުގެ މެންބަރުންނަށް ކުރީގެ މަޖިލީސް ދައުރުތަކުގައި ވެސް ބަދަލުގެނެސްފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތާނގައިވެސް ކޮމިޓީތަކަށް އެވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.



ފަލާހު މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި، ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަކިކޮށްފައި ވަނިކޮށެވެ.

ކޮމިޓީތަކުން ބޭރު ކުރި މައްސަލައިގައި އަޒާން ވިދާޅުވީ، އޭނާ ބަދަލު ކުރީ ކުރަމުން ގެންދާ އެކި މަސައްކަތްތަކާއި ގުޅުވައިގެން ކަމަށެވެ. ހާއްސަކޮށް ކޮރަޕްޝަނާއި ގުޅުން ހުރި ބައެއް މައްސަލަތައް ކުރިޔަށް ގެންދާތީ ޕްރެޝަރ ކުރިމަތިވި ކަމަށްވެސް އަޒާން ވަނީ މީޑީއާތަކަށް ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން