މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯގެ މަގާމުގައި ހުރި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިއަދު އެމަގާމުން ވަކިކޮށްފައިވާކަމަށެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ޔޫކްރެއިނަށް އުފަން ޑރ. ވިޓާލީ އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
އޭނާ އަކީ މިފްކޯއަށް އައްޔަންކުރި ބޭރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ.
ވިޓާލީ މަގާމުން ވަކިކުރި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު