ތަފާތު އެކި ސަބަބުތަކާހުރެ ގިނައިރު ވަންދެން ކުޑަކަމުނުގޮސް ހިފަހައްޓާލައިގެން ހުރުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިސާލަކަށް މަސައްކަތުގައި ބިޒީވެ އުޅުމުގެ ސަބަބުން، ނުވަތަ ބޭރުގައި އުޅޭއިރު ފާހާނާއެއް ހުރިތަނަކަށް ދާން ވަގުތު ނެގުމުގެ ސަބަބުން ކުޑަކަމުނުގޮސް ހިފަހައްޓާލަން ޖެހޭ ފަހަރު ވަރަށް އާދެއެވެ. މިއީ ވަރަށް އާންމު ކަމަކަށް ވީނަމަވެސް މިގޮތަަށް ކުޑަކަމުނުގޮސް ހިފަހައްޓާލައިގެން ހުރުމަކީ ވަރަށް ނުރައްކާތެރި އަދި ގެއްލުންހުރި ކަމެކެވެ.
އެގޮތުން ބަލާއިރު މިކަމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޔޫރިން އިންފެކްޝަން ޖެހުމެވެ. ގިނަ އިރު ކުޑަކަމުނުގޮސް ހިފަހައްޓައިގެން ހުންނަ ނަމަ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދޭ ވަރު އިތުރުވެ، އޭގެ ސަބަބުން ޔޫރިން އިންފެކްޝަން ޖެހުމަށް މެދުވެރިވެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންފެކްޝަން އިތުރަށް ގޯސްވެ، ކިޑްނީ އަށް އޭގެ އަސަރު ފޯރާ ފަހަރުވެސް އާދެއެވެ.
ކުޑަކަމުނުގޮސް ގިނައިރު ހުންނަ ނަމަ ދިމާވާ އަނެއް މައްސަލައަކީ މީހާގެ ބްލެޑާ ހަލާކުވުމެވެ. މާ ގިނައިރު ކުޑަކަމުނުގޮސް ހިފަހައްޓައިގެން ހުންނަ ނަމަ ބްލެޑާ މާބޮޑަށް ސްޓްރެޗްވެ، އޭގެ ސަބަބުން ކޮންޓްރެކްޓުވާ ގޮތަށް ބަދަލުތަކެއް އާދެއެވެ. އަދި އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ތަފާތު އެކި މައްސަލަަތައް ދިމާވެއެވެ.
މީގެ އިތުރުން މި އާދައިގެ ސަބަބުން ކިޑްނީތައް ހަލާކު ވުމަކީވެސް ދިމާވެދާނެ މައްސަލައެކެވެ. ކުޑަކަމުނުގޮސް ގިނައިރު ހުންނަ ނަމަ އޭގެ ސަބަބުން ކިޑްނީއަށް ޕްރެޝަރު ބޮޑުވެ، ކިޑްނީގެ އިންފެކްޝަންތައް ޖެހުމަށް މެދުވެރިވެއެވެ. އަދި ބްލެޑާ އަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކިޑްނީގެ ތެރެއަށް ފްލުއިޑު ލީކު ވުމަކިވެސް ދިމާވެދާނެ މައްސަލައެކެވެ.
މިއީ ގެއްލުން ހުރި ކަމަކަށްވީއިރު މި އާދަ ވީހާވެސް އަވަހަށް ދޫކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ކުޑަކަމުދެވޭ ވަގުތު ލަސްނުކޮށް އެކަން ކުރުމަށް އާދަ ކުރަން ޖެހެއެވެ. އެހެން ނޫންނަމަ ސިއްހީ ގޮތުން ބޮޑު ގެއްލުމެއް މީހާއަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު