އައްލޫ އަރްޖުން، އެޓްލީ، ސަލްމާޏް ޚާން، ފޮޓޯ: ގޫގުލް
އައްލޫ އަރްޖުން، އެޓްލީ، ސަލްމާޏް ޚާން، ފޮޓޯ: ގޫގުލް
އަޓްލީގެ ކުރިއަށް އޮތް ޕްރޮޖެކްޓުގައި ބޮލީވުޑްްގެ ސުޕަސްޓާރ ސަލްމާން ޚާންގެ ބަދަލުގައި މިހާރު ލީޑުން ފެނިގެންދާނީ ނަން މަޝްހޫރު ތެލަގޫ ތަރި އައްލޫ އަރުޖުން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެޓްލީގެ ކުރިއަށް އޮތް ފިލްމުގެ ލީޑު ރޯލު ފުރަތަމަ ދޭން ނިންމީ ސަލްމާން އަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ސަލްމާން އަށް އެ ރޯލު ކުޅެވެން ނެތުމުން މިހާރު އެ ރޯލު ކުޅޭނީ އައްލޫ އަރުޖުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އަދި މިހާރު އައްލޫ އަރުޖުން މި ފިލްމަށް އާނ ބަސް ބުނެފައިވާ ކަމަށާއި، ފިލްމުގެ ކޮންޓްރެކްޓު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މިހާރު ޝޫޓިން ޓައިމްލައިނުތައް ނިންމުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް މިއަހަރު އެޕްރީލް ނުވަތަ މޭއި ހިސާބުގައި ފަށާނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމު ޕްރޮޑިއުސް ކުރާނީ ސަން ޕިކްޗާސް އިންނެވެ. އަދި މި ފިލްމުގެ އެހެން ކާސްޓުން ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެޓްލީ އެންމެ ފަހުން ޕްރޮޑިއުސް ކޮށްފައިވަނީ ވަރުން ދަވަން ލީޑުން ފެނިގެންދިޔަ ފިލްމު "ބޭބީ ޖޯން" އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން