އިރާނުގެ ނާއިބު ރައީސް ޖާވިދު ޒާރިފް ރޭ އިސްތިއުފާ ދެއްވައިފި އެވެ.
ކުރިން އިރާނުގެ ފޮރިން މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ޒާރިފް އިސްތިއުފާ ދެއްވައި އެކްސްގައި ވިދާޅުވީ ގައުމަށް 40 އަހަރު ހިދުމަތްކުރެއްވިއިރު އަމާޒު ނުވާހާ ވަރަށް މި ފަހުން އާއިލާއަށާއި އެމަނިކުފާނަށް ކުޑައިމީސްގެ ބަސްތަކާއި އިންޒާރު ލިބެމުންދާ ކަމަށެވެ.
އަދި ސަރުކާރަށް އަމާޒުވަމުންދާ ޕްރެޝަރުތައް ކުޑަކުރަން އިސްތިއުފާދެއްވުމަށް ދިނުމަށް ޖުޑިޝަރީއިން ލަފާ ދިނުމުން އިސްތިއުފާ ދެއްވީކަމަށް ވެސް ޒާރިފް ވިދާޅުވި އެވެ.
ޒާރިފަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވަމުންދަނީ އެމަނިކުފާނުގެ ދަރިކަލުން އެމެރިކާގެ ރައްޔިތުކަން ހޯދި މައްސަލައިގަ އެވެ.
އެހެންވެ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރުވެސް ދިޔައީ ޒާރިފްގެ އިސްތިއުފާއަށް ގޮވަމުން ނެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ކުރިން އިރާނުން ހެދި ނިއުކުލިއާ އެއްބަސްވުން އެކުލަވާލިއިރު ޒާރިފް އަކީ އެ މަޝްވަރާތަކުގައި އެންމެ އިސްކޮށްއުޅުއްވި ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު