އަބްދުއް ރަހީމް--
އަބްދުއް ރަހީމް--
ރޯދަ މަހު މަޖިލީހުގެ ޖަލްސާތަކުގެ ވަގުތު ކުރުކޮށްގެން އުޅޭކަމަށް ބުނާތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކަމަށް ރައްދު ދެއްވައިިފި އެވެ.

ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ނުބާއްވަމާ ގޮތަށް ހަދަން ގަވާއިދު އިސްލާހުކުރަން މި ހިނގާ މަޖިލީހުން މަސައްކަތް ކުރި އެވެ. ނަމަވެސް ފާޑުކިއުންތައް އަމާޒުވުމުން އެ މަސައްކަތް ހުއްޓާލީ އެވެ.

ނަމަވެސް އިއްޔެ މަޖިލީހުގެ ޖަލްސާ އެންމެ 30 މިނެޓަށް ބޭއްވުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި ވިދާޅުވީ ތަޅުމުގެ މަސައްކަތް ނިމުމަކީ އަދި މަޖިލީހުގެ މަސައްކަތް ނިމުމެއް ނޫން ކަމަށެވެ. އަދި ތަޅުމުގެ މަސައްކަތް ނިމުމާއެކީ ކޮމިޓީގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު އެއީ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރަން ލިބޭ އިތުރު ފުރުސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވެގެން އަޅުގަނޑު ގަސްދުކުރީ މިއަދު މި ވާހަކަ މަޖިލިސް ބައްލަވާ ބޭފުޅުންގެ މައުލޫމާތަށްޓަކަޔާއި އަދި ރާއްޖޭގެ މީޑިއާތަކަށްވެސް ފަސޭހަވާ ގޮތަށް މި ވާހަކަ ދަންނަވާލަން." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން