ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ހުސްނުއް ސުޢޫދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރެއްވި ތުހުމަތުތައް ބަލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ސުޢޫދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކުރައްވައި ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ފާސްކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރިކަން ފާހަގަކޮށްފަ އެވެ.
އަދި ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނު އަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުންދާތީވެ އިސްތިއުފާ ދެއްވީ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ހުސްނުއް ސުޢޫދު ކުރެއްވި ތުހުމަތުތައް ފާހަގަކޮށް އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަަކަށް ގޮވާލައިފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ރައީސް މުއިއްޒު އިސްވެ ހުންނަވާ ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބުތައް ދިވެހި ރައްޔިތުން ދޭނެ ކަމަށެވެ.
"ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ގޮވާލަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު