"ސިކަންދަރު" ގެ ލަވަ "ޒޮހިރާ ޖަބީން" ގެ ޕޯސްޓަރު
"ސިކަންދަރު" ގެ ލަވަ "ޒޮހިރާ ޖަބީން" ގެ ޕޯސްޓަރު
ބޮލީވުޑްގެ ސުޕަސްޓާރ، ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" ގެ ފުރަތަމަ ލަވަ ނެރެފިއެވެ.

މި ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ ފުރަތަމަ ނެރެފައި މިވަނީ ޕްރީތަމް ކޮމްޕޯސް ކުރި ވަރަށް ފޯރިގަދަ ލަވައެއް ކަމަށްވާ "ޒޮހޮރަ ޖަބީން" އެވެ. މި ލަވައިގައި ސަލްމާނު އާއި ފިލްމުގެ ލީޑު އަންހެން ތަރި ރަޝްމިކާ މަންދަނާގެ ކެމިސްޓްރީ ރަނގަޅަށް ދައްކުވައިދެއެވެ. މި ލަވަ ކޮރިއޯގްރާފު ކޮށްފައިވަނީ ފަރާ ޚާން އެވެ.

އިއްޔެގެ ވަގުތެއްގައި މި ލަވަ ނެރެފައިވާއިރު، ކުަޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ލަވަ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. އަދި އެތައް ބަޔަކު ވަނީ ސަލްމާނު އާއި ރަޝްމިކާގެ ކެމިސްޓްރީ ފުރިހަމަ ކަމަށްބުނެ ތައުރީފުގެ ބަސްތަކުން ކޮމެންޓު ސެކްޝަން ފުރާލާފައެވެ.

ދިގު އިންތިޒާރަކަށް ނިމުމެއް ގެނެސް "ސިކަންދަރު" ނެރުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުއެވެ. މި ފިލްމު ނެރޭނެ ދުވަހަކަށް ސަލްމާނު އާއި ރަޝްމިކާގެ ފޭނުން ތިބީ ކެއްމަދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން