އުމުރުން ދުވަސްވާ ވަރަކަށް ހަނދާން ވަރަށް ބޮޑަށް ބަލިކަށިވެ، ކަންތައް ހަނދާނުގައި ބަހައްޓަން އުނދަގޫ ވާކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން ބުނެފިއެވެ.
ދާދި ފަހުން އޭނާގެ ބްލޮގުގައި ކުރި ޕޯސްޓެއްގައި އަމީތާބު ބުނެފައިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ތަފާތު އެކި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެންމެ ބޮޑަށް އަސަރު ކުރަނީ މީހާގެ ހަނދާނައް ކަމަށެވެ. އެގޮތުން އޭނާ ބުނީ ފިލްމުތަކުގެ ލައިނުތައް ހަނދާނުގައި ބަހައްޓަން އުނދަގޫ ވާކަމަށާއި، އޭގެ ސަބަބުން ބޭނުންވާ ވަރަށް ފުރިހަމައަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.
އަދި ބައެއް ފަހަރު ޝޫޓު ނިންމާފައި ގެއަށް ދާ ފަހުން އޭނާއަށް ހެދިފައިވާ ގޯސްތައް ދެނެގަނެވޭ ފަހަރުވެސް އަންނަ ކަމަށާއި، އެފަދަ ދަނޑިވަޅުތަކުގައި ދަންވަރު ޕްރޮޑިއުސަރުންނަށް ގުޅައި، އެ ސީންތައް އަލުން ޝޫޓު ކުރަން އެދޭ ކަމަށްވެސް އަމީތާބު ވަނީ ބުނެފައެވެ.
އުމުރުން 27 އަހަރުގައި އެކްޓު ކުރަން ފެށި އަމީތާބަށް މިހާރު އުމުރުން 82 އަހަރު ފުރިފައިވާއިރު، އޭނާއަކީ ބޮލީވުޑްގައި އެންމެ ފާހަގަ ކޮށްލެވޭ ތަރިންގެ ތެރެއިން އެކަކެވެ. މަސައްކަތުގެ މައިދާނަށް ބަލާއިރު، އޭނާ މިހާރު ދަނީ "ކޯން ބަނޭގާ ކަރޯރްޕަތީ" ހޯސްޓު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު