ކްރިމިނަލް ކޯޓު--
ކްރިމިނަލް ކޯޓު--
ހުޅުމާލޭގައި ހުންނަ ރީހެބުން މަސްތުވާތަކެތީގެ ފަރުވާ ނަގަމުން ދިޔަ ދެ މީހަކު އެ ތަނުން ފިލައިގެން މަސްތުވާތަކެތި ބޭނުންކުރަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ/ ކުރިބޯށިގެ، މުހައްމަދު ޒަރީރު (37 އަަހަރު) އާއި ގ. ސެންޓުގެ އާގެ/ މުހައްމަދު އަލިމަނިކު (40 އަހަރު) އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ދެ މީހުންގެ ހައްޔަރާއި ބަންދުގެ ލޮގް އޮވެ އެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދެ މީހުންވެސް 15 ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ނެގުމަށް ވަރަށް ގިނައިން ހުކުމް ކުރެއެވެ. އެހެން ނަމަވެސް ފަރުވާއަށް އެއްބާރުލުން ނުދޭ މައްސަލަވެސް ބޮޑެވެ.

ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން މިދިޔަ ނޮވެމްބަރު މަހު ބުނީ ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން