ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަޝިޕް 2026-2025 އަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2025-2026 ދިރާސީ އަހަރު ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 12 މާޗުގެ ނިޔަލަށް ހުޅުވާލާފައިވާ ކަން ރޮމޭނިއާގެ އެންބަސީން ބުނެފައިވާ ކަމަށެވެ.

މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުންނެވެ. އަދި މި ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނަތީޖާ 30 ޖޫން ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް އެންގޭނެއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފައެވެ.

މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން ކުރުމަށް ވެސް މިނިސްޓްރީން އެދިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން