ޝާހުރުކް ޚާން- ގޫގުލް އިމޭޖެސް
ޝާހުރުކް ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގު" ގެ ޝޫޓިން ފަސްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ "ކިންގު" ގެ ޝޫޓުތައް ލަސްކުރަން ޖެހުނީ ދާދި ފަހުން އެ ފިލްމުގެ ޑައިރެކްޓަރު ބަދަލު ވުމާ ގުޅިގެން ކަމަށެވެ. މި ފިލްމު ކުރިން ޑައިރެކްޓު ކުރަން ނިންމީ ސުޖޯއި ގޯޝް އެވެ. ނަމަވެސް މިހާރު މި ފިލްމު ޑައިރެކްޓު ކުރަނީ ސިދާތު އާނަންދުއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ ޝޫޓުތައް ލަސްކުރަން ޖެހުނީ ސިދާތު ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަމުންދާތީއެވެ. ފިލްމުގެ ޝޫޓުތައް ފެށުމުގެ ކުރިން ސްކްރިޕްޓު އިތުރަށް ފުރިހަމަ ކުރަން ސިދާތު ބޭނުންވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރުން ބުނީ "ކިންގު" ގެ ޝޫޓުތައް މިއަހަރު މާޗުގައި ފަށާނެ ކަމަށެވެ. ނަމަވެސް ސްކްރިޕްޓަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ފިލްމު ޝޫޓު ކުރަން ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މިއަހަރު ޖޫން ގައެވެ. އަދި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު ފަހުކޮޅުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން