ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ތެރެއިން
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ތެރެއިން
ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދާ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބައޯމެޓްރިކްސް އަދާހަމަކުރުން އަވަސްކުރަން މާލެ ސަރަހައްދުގައި ދެ ސްކޫލެއް ހަމަޖައްސައިފިއެވެ.

އެގޮތުން މިކަމަށް މިހާރު ހަމަޖައްސާފައިވަނީ މާލޭގެ ކަލާފާނު ސްކޫލާއި، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެހެންދި ސްކޫލެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނީ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލުގައި ބައޯމެޓްރިކްސް ނެގުން މިމަހުގެ ނުވަ ވަނަ ދުވަހު ފަށާނެ ކަމަށެވެ.

އެ ގޮތުން ކަލާފާނު ސްކޫލުގައި ހުކުރު ދުވަސް ފިޔަވައި، ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:30 އިން ރޭގަނޑު 11:30 އަށް ބައޯމެޓްރިކްސް ނެގުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުޅުމާލެ ރެހެންދި ސްކޫލު ހޯލުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެ ސްކޫލުގައި ބައޯމެޓްރިކްސް ނެގުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ރޭގަނޑު 9:30 އިން ރޭގަނޑު 12:30 އަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ އެންމެފަހު ތާރީހަކީ އެޕްރީލް 20 ވަނަ ދުވަސްކަމުގައި އެ މިނިސްޓްރީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން