މަރްޔަމް ނަހްދާ ވަޙީދު   7 މާރިޗު 2025 - 4:25
ކިއަރާ އަދްވާނީ- ގޫގުލް އިމޭޖެސް
ކިއަރާ އަދްވާނީ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ކިއަރާ އަދްވާނީ "ޑޯން 3" ގެ ލީޑު ރޯލު ދޫކޮށްލައިފިއެވެ.

"ޑޯން 3" ގެ ލީޑު އަންހެން ތަރިއަކީ ކިއާރާ ކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރު ފެބްރުއަރީގައެވެ. ނަމަވެސް ކިއާރާ ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމާއެކު މަޝްވަރާ ކުރުމަށްފަހު މި ރޯލު ދޫކޮށްލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކިއަރާ މި ރޯލު ދޫކޮށްފައިވަނީ އޭނާއަށް އަލަތު ދަރިފުޅު ލިބެން އުޅޭތީ، ދަރިފުޅަށް ސަމާލުކަން ދިނުމަށްޓަކައި އޭނާގެ ޝެޑިއުލް ހުސް ކުރުމުގެ ގޮތުންނެވެ.

"ޑޯން 3" ގެ ޝޫޓުތައް މިއަހަރު ފަށާނެ ކަމަށް ދާދި ފަހުން ފިލްްމުގެ ޑައިރެކްޓަރު ފަރުހާން އަހްތަރު ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ކިއަރާ އޭނާގެ ރޯލު ދޫކޮށްލުމުން އާ ލީޑު ތަރިއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިއަރާ ބަނޑުބޮޑުކަން ހާމަކޮށްފައިވަނީ މިމަހު 1 ގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަށް ދަރިފުޅު ލިބުމުގެ ކުރިން މިހާރު މަސައްކަތް ފަށާފަައިވާ ޕްރޮޖެކްޓުތަކުގެ ޝޫޓުތައް ނިންމާނެއެވެ. އޭގެ ތެރޭގައި "ވާ 2" އާއި "ޓޮކްސިކު: އަ ފެއަރީޓޭލް ފޯ ގްރޯންއަޕްސް" ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން