މިދިޔަ އަހަރު ނެރުނު ފިލްމު "ޖިގްރާ" ބޮކްސް އޮފީހުގައި ނާކާމިޔާބު ވުމަކީ ދެން އުފައްދާ ފިލްމަކަށް އިތުރަށް ބުރަކޮށް މަސައްކަތް ކުރަން ލިބުނު ހިތްވަރެއް ކަމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓު ބުނެފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިޔާ ބުނީ އޭނާ އެކްޓު ކުރަނީ ވަރަށް އެކަންް ކުރަން ބޭނުންވާތީ ކަމަށެވެ. އަދި "ޖިގުރާ" ނާކާމިޔާބު ވުމުން އިތުރަށް ބުރަކޮށް މަސައްކަތް ކުރަން ބޭނުންވި ކަމަށާއި، ދެން ނެރޭ ފިލްމެއްގައި އޭނާގެ ހުނަރު އިތުރަށް ފުރިހަމައަށް ދެއްކުމުގެ ހިއްވަރަކަށް އެކަން ވި ކަމަށް އާލިޔާ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ނެރުނު "ޖިގްރާ" ޕްރޮޑިއުސް ކޮށްފައިވަނީ ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ. މިއީ އާލިޔާގެ ފިލްމު "ހައިވޭ" އަށްފަހު އޭނާގެ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ކުޑަ އާމްދަނީ އެއް ލިބުނު ފިލްމު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އާލިޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވާ" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިގެންދާނީ ރަންބީރު ކަޕޫރު އާއި ވިކީ ކޯޝަލް އެވެ.

ކިޔުންތެރިންގެ ހިޔާލު