އޭޑީއެޗްޑީ އަށް ޑައިގްނޯސް ވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބި، އުފާވި ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓު ބުނެފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިޔާ ވަނީ އޭނާ އޭޑީއެޗްޑީއަށް ޑައިގްނޯސް ވި ގޮތް ކިޔައި ދީފައެވެ. މިކަން ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ އަބަދުވެސް ކޮންމެވެސް މައްސަލައެއް ހުންނަ ކަން އެނގޭ ކަމަށާއި، ނަމަވެސް ޑޮކްޓަރަށް ދައްކަން ނިންމީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާއަށް އަސަރުކޮށް، މީހުންގެ ތެރޭގައި އުޅެން އުނދަގޫވާ ހިސާބަށް ދިއުމުން ކަމަށެވެ.
އަދި ޑޮކްޓަރަށް ދައްކައި ހަދަން ޖެހޭ އެކި ޓެސްޓުތައް ހެދުމުން އޭނާގެ ކިބައިގައި އޭޑީއެޗްޑީ ހުންނަ ކަން ހާމަވި ކަމަށް އާލިޔާ ވަނީ ބުނެފައެވެ. އަދި މި ބަލި ހުންނަ ކަން ދެނެގަނެވުމުން އޭނާއަށް މި ބައްޔާ ބެހޭ އިތުރު މައުލޫމާތު ލިބުނު ކަމަށާއި، އެ ސަބަބާހުރެ މި ބައްޔަށް ޑައިގްނޯސް ވުމުން އުފާވި ކަމަށް އާލިޔާ ވަނީ ބުނެފައެވެ.
އާލިޔާ ބުނީ މި ބަލި ދެނެގަނެވުނު ނަމަވެސް އޭނާ މިކަމަކަށް އެއްވެސް ބޭހެއް ބޭނުން ކުރަމުން ނުދާކަމަށެވެ. އަދި ބޭހާ ނުލާ އެކަން މެނޭޖު ކުރަން މަސައްކަތް ކުރާ ކަމަށްވެސް އާލިޔާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު