އަކްޝޭ ކުމާރު- ގޫގުލް އިމޭޖެސް
އަކްޝޭ ކުމާރު- ގޫގުލް އިމޭޖެސް
ކޮންމެ ދާއިރާއެއްގައި އުޅުނުކަމުގައިވީނަމަވެސް ކާމިޔާބު ވެވޭނީ އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާގާއި ސުލޫކީ މިންތަކެއް ހުރެގެން ކަމަށް ބޮލީވުޑްގެ ނަންވިދާ ތަރި އަކްޝޭ ކުމާރު ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަކްޝޭ ވަނީ ގިނަ ފިލްމީ ތަރިންގެ އަހްލާގީ މިންގަނޑު ދަށްކަން ފާހަގަ ކޮށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ރަނގަޅު އަހްލާގެއްގެ ވެރިއަކަށް ނުވާނަމަ ކާމިޔާބު ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ.

އޭނާ ބުނެފައިވަނީ މަސައްކަތެއް ކުރާނަމަ އެކަމެއް ކުރަން ޖެހޭނީ އެތަނެއްގައި ކަންކަން ބަލައިގަންނަ މިންގަނޑާ އެއްގޮތަށް ކަމަށާއި، އަދި އޭނާގެ ދިރިއުޅުމުގައި ގެންގުޅޭ ބައެއް އުސޫލުތަކާ މެދު މީހުން އަބަދުވެސް ސުވާލު އުފައްދާ ކަމަށެވެ. އެގޮތުން އޭނާގެ ނިދުމުގެ އާދަތަކާމެދު ސުވާލު އުފައްދައި، އަވަހަށް ނިދާތީ އެކަމާމެދު ބައެއް މީހުން ޝަކުވާ ކުރާކަންވެސް އަކްޝޭ ވަނީ ފާހަގަ ކޮށްފައެވެ.

އަކްޝޭ ބުނެފައިވަނީ ކޮންމެ ކަމެއް ކުރިނަމަވެސް، އެކަމަށް ފަރުވާތެރި ވާން ޖެހޭނެ ކަމަށާއި، އޭނާ އަަވަހަށް ނިދައި އަވަހަށް ހޭލަނީ ދުވަހުގެ މަސައްކަތަށް ރަނގަޅަށް ތައްޔާރުވެ، މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ކަމަށެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބޫތު ބަންގަލާ" އިންނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަރޭޝް ރަވަލް، ތާބޫ، ވަމިކާ ގައްބީ އަދި ރާޖްޕަލް ޔާދަވް ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން