ހަޔާތުގެ ބައިވެރިޔާ ހިޔާރު ކުރާއިރު ވަރަށް ގިނަ ކަންކަމާމެދު ވިސްނަން ޖެހެއެވެ. އެގޮތުން ބަލާއިރު އެންމެ މުހިންމު އެއް ކަމަކީ ވަފާތެރިކަމެވެ. ކޮންމެ މީހަކީވެސް ވަފާތެރި ބައިވެރިޔަކު ބޭނުންވާނެ މީހެކެވެ. އެފަދަ ބައިވެރިއެއް ލިބިއްޖެނަމަ، ދިރިއުޅުން ބާއްޖަވެރިވެ، މީހާއަށް އުފާވެރިކަމާއެކު އުޅެވޭނެއެވެ.
މިފަހަރު މި ހިމަނާލަނީ ވަފާތެރި ބައިވެރިއެއްގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކެވެ.
ކަންކަން ހިއްސާ ކުރުން
ތިބާގެ ބައިވެރިޔާއަކީ ވަފާތެރި މީހެއްނަމަ، އޭނާ ތިބާއާ ކަންކަން ހިއްސާ ކުރާނެއެވެ. އަދި އެއްވެސް ހާލެއްގައި އޭނާ ތިބާއަށް ދޮގުހަދައި އޮޅުވައެއް ނުލާނެއެވެ. އަދި އޭނާގެ ޖަޒުބާތުތަކާއި އިހުސާސްތައް ވަރަށް ކެރިގެން ތިބާއާ ހިއްސާ ކުރާނެއެވެ.
އެހީތެރިވުން
ހަޔާތުގެ ބައިވެރިޔާއަކީ ވަފާތެރި މީހެއްނަމަ، ތިބާއަށް ދަތި އުނދަގޫ ހާލަތެއް ދިމާވާ ދުވަހު އެއްވެސް ޖެހިލުމެއް ނެތި ތިބާއަށް އެހީތެރިވެދޭނެއެވެ. އަދި ތިބާގެ ކައިރީގައި ތިބާއަށް ހިތްވަރުދޭން އަބަދުވެސް ހުންނާނެއެވެ. އަދި ހަމަ އެހެންމެ ތިބާއަށް ލިބޭ އުފަލާއި ހިތާމާގައި ބައިވެރިވާނެއެވެ.
ޒިންމާދާރުވުން
ބައިވެރިޔާއަކީ ވަފާތެރި މީހެއް ނަމަ އޭނާގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރާނެއެވެ. އަދި ޒިންމާތައް ތިބާގެ ބޮލަށް ޖަހާލައި އެ ޒިންމާތަކުން ދުރުވާކަށް ނޫޅޭނެއެވެ. ތިބާއާއެކު އުފާވެރި ހަޔާތެއް ވޭތުކުރުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރާނެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު