އެމެރިކާގައި ހުންނަ ކަހަލަ ނިއުކްލިއާ ހަތިޔާރު އީރާނުން އުފައްދަން އުޅޭތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކަންބޮޑުވެއްޖެއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ، މި ހަފްތާގައި އެގައުމުގެ ލީޑަޝިޕަށް ސިޓީއެއް ފޮނުއްވާފައެވެ. ޓްރަމްޕުގެ މި ސިޓީ އީރާނަށް ފޮނުވީ އެޓޮމިކް ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އީރާނަށް ލިބެމުންދާކަމަށް ގަބޫލުކުރެވޭތީ އެކަމާ ހުޅަނގުން ބިރުގަންނާތީއެވެ.
ހުކުރު ދުވަހު ފޮކްސް ބިޒްނަސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެއީ އީރާނަށްވެސް ވަރަށް ރަނގަޅު ކަމަކަށް ވާނޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެދުމުން އދ. ގައި ހުންނަ އީރާންގެ މިޝަން އިން ބުނީ ޓްރަމްޕުގެ އެ ސިޓީ އަދި އެ ގައުމަށް ލިބިފައި ނުވާ ކަމަށެވެ.
ހުކުރު ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި މައްސަލައިގައި ވަރަށް އަވަހަށް ހަރަކާތްތެރިވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
"އަހަރެން އިސްކަންދޭނީ ޑީލެއް ހަދަން، ސަބަބަކީ އަހަރެން ބަލަނީ އީރާނަށް އަނިޔާއެއް ދޭކަށް ނޫން. އެއީ މޮޅު ބައެއް." ފޮކްސް ބިޒްނަސް އަށް ޓްރަމްޕް ވިދާޅުވި އެވެ.
މި މައްސަލައިގައި ހުޅަނގުގެ އޮފިޝަލުން ބިރުގަންނަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުމާއެކު އިސްރާއީލާއި ގަލްފް އަރަބި ތެޔޮ އުފައްދާ ގައުމުތަކަށް ނުރައްކާވެ، ސަރަހައްދީ ހަނގުރާމައެއް ފަށާފާނެތީ އެވެ.

ކިޔުންތެރިންގެ ހިޔާލު