މި ރަމަޟާންމަހު އަލްއަޤްސާ މިސްކިތަށް ވަދެވޭ އުމުރު އިސްރާއީލުން ކަނޑައަޅައިފި އެވެ.
އިސްރާއީލުގެ ބާރުގެ ދަށުގައިވާ އަލްއަޤްސާ މިސްކިތަށް އަޅުކަންކުރުމަށް މުސްލިމުންނަށް ވަދެވޭ އުމުރު ހަނިކޮށް އިސްރާއީލުން މިހާރު ވަނީ އެކަން އިއުލާންވެސް ކޮށްފަ އެވެ.
ގުދުސްގެ އަލް އަގްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަނުމުގެ ހުއްދައާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އެ މިސްކިތަށް ވަނުމުގެ ހުއްދަ ލިބޭ ފަރާތްތަކަކީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ އަންހެނުންނާއި 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ކަމަށެވެ.
މިކަމާ ގުޅިގެން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ހުކުރު ދުވަހުން ފެށިގެން މިދިޔަ އަހަރުގެ އިންތިޒާމާ އެއްގޮތަށް "ލިމިޓެޑް އަދަދަކަށް މުސްލިމް އަޅުކަންކުރާ މީހުން" ވައްދާނީ އަދަދެއް ކަނޑައެޅުމެއް ނެތި ކަމަށެވެ.
މިސްކިތަށް ވަދެވޭ އުމުރުގެ އެންމެންވެސް ސެކިއުރިޓީ ސްކްރީނިން އިން ފާސްވާން ޖެހޭ ކަމަށްވެސް ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
މުސްލިމުން ދެކެނީ އަލްއަޤްސާ އަކީ އިސްލާމްދީނުގައި މައްކާއާއި މަދީނާއަށްފަހު ތިންވަނައަށް އެންމެ މާތް ތަނުގެ ގޮތުގައެވެ. މިއީ މުސްލިމުންގެ މާތް ދެ ތަނެއް ކަމަށްވާ ޑޯމް އޮފް ދަ ރޮކް އާއި އަށް ވަނަ ގަރުނުގައި ބިނާކުރި ޤިބްލީ މިސްކިތުގެ ނަމުން ވެސް މަޝްހޫރު އަލްއަގްސާ މިސްކިތެވެ.

ކިޔުންތެރިންގެ ހިޔާލު