ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު "ޖުވެލް ތީފް: ދަ ހެއިސްޓު ބިގިންސް" ނެރޭ ދުވަސް އާންމުކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި މާޗު މަހު 27 ގައެވެ. އަދި މި ފިލްމު ނެރޭނީ ނެޓްފްލިކްސް އިން ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި ސައިފްގެ އިތުރުން ޖައިދީޕް އަހުލަވަތު އާއި ކުނާލް ކަޕޫރު ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ދާދި ފަހުން މި ފިލްމުގެ ޓްރެއިލާއެއް ނެރެފައިވާއިރު، މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޖަވާހިރު ކަމަށްވާ "ދަ އެފްރިކަން ރެޑް ސަން" ވަގަށް ނެގުމަށްޓަކައި ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މި ފިލްމަކީ ތަފާތު އެކިކަހަލަ އެކްޝަން ސީކުއެންސްތައް ހިމެނޭ ފިލްމަކަށްވީއިރު، މީގައި ޖަޒުބާތީ ހިނދުކޮޅުތައްވެސް އަންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމު ޑައިރެކްޓު ކުރަނީ ކުކީ ގުލާޓީ އާއި ރޮބީ ގްރެވާލް އެވެ. އަދި މިއީ ސިދާތު އާނަންދު ޕްރޮޑަކްޝަން އަށް ތައާރަފްވާ ފިލްމު ކަމުގައިވެސް ރިޕޯޓުތަަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު