ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން ސުޕަސްޓާރަކަށް ވާނެކަން އެންމެ ފުރަތަމަ ދުވަހުވެސް އެނގުނު ކަމަށް މަޝްހޫރު ލިޔުންތެރިޔާ ޖާވިދު އަހްތަރު ބުނެފިއެވެ.
ޖާވިދު މިހެން ބުނެފައިވަނީ އާމިރުގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ފިލްމު ފެސްޓިވަލް އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ އާމިރު އަކީ އިންޑިއާގެ ސިނަމާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށާއި އޭނާއަކީ ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ކަންތައް ތަޖުރިބާ ކޮށް، ތަހައްމަލު ކޮށްފައިވާ ފަރާތެއް ކަމަށެވެ.
އަދި އާމިރަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށް ބުނަމުން ޖާވިދު ބުނެފައިވަނީ އޭނާއަކީ ސުޕަސްޓާރެއް ކަމުގައި ވާނެކަން އެނާގެ މަސައްކަތް ބަލާފައި އެނގުނު ކަމަށެވެ.
ޖާވިދު އިތުރަށް ބުނެފައިވަނީ އާމިރު އަކީ އެހެން ތަރިން ނުކުޅޭ ފަދަ ފިލްމުތައް ކުޅޭ ފަރާތެއް ކަމަށާއި، އެއިން ކޮންމެ ފިލްމެއްވެސް ބެލުންތެރިންނަށް ވަރަށް ކަމުދާ ކަމަށެވެ.
"ސިނަމާ ކާ ޖާދޫގަރު" ގެ ނަމުގައި ކުރިއަށް ގެންދާ ފިލްމު ފެސްޓިވަލް އަކީ އާމިރުގެ 60 ވަނަ އުފަންދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ އިވެންޓެކެވެ. މި ފެސްޓިވަލްގައި އާމިރުގެ ހަޔާތުގައި ކުޅެފައިވާ ފިލްމުތައް ބަލައި، އެކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު