ރެޒިޑެންޓް އީވިލްގެ އާ ފިލްމު އަންނަ އަހަރު ނެރޭނަކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ފިލްމުގެ އުފެއްދުންތެރިން ވަނީ މި ފިލްމު އަންނަ އަހަރު ސެޕްޓެމްބަރުގައި ނެރޭނެކަން ހާމަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ނެރެން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 18 ގައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު އުފައްދާނީ މަޝްހޫރު ޕްރޮޑިއުސަރު ޒެކް ކްރެގާ އެވެ. މި ފިލްމަކީ އެތައް ބައެއްގެ މެދުގައި މަގުބޫލުވި ބިރުވެރި ވީޑިއޯ ގޭމް "ރެެޒިޑެންޓު އީވިލް" ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށްވީއިރު، މި ފިލްމު އުފައްދަނީ "ސޮނީ" ގެ ބެނާ ގެ ދަށުންނެވެ.
މި ފިލްމަކީ އޮރިޖިނަލް ގޭމެކޭ އެއްފަދައިން ވަރަށް ބިރުވެރި، އަދި ގިނަ އެކްޝަން ސީކުއެންސް ތަކެއް ހިމެނޭ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މީގެ ކުރިންވެސް ރެޒިޑެންޓް އީވިލްގެ ހަ ފިލްމު ވަނީ އުފައްދާފައެވެ. މި ފްރެންޗައިސް އަށް މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު