ޕެއިން ކިލާ ކަނީ- ގޫގުލް އިމޭޖެސް
ޕެއިން ކިލާ ކަނީ- ގޫގުލް އިމޭޖެސް
ޑިމެންޝިއާ އަކީ މީހާގެ ސިކުނޑީގެ ނާރުތައް ހަލާކުވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މި ބަލީގެ ސަބަބުން މީހާގެ ކޮގްނިޓިވް މަސައްކަތްތަކަށް ބުރޫ އަރައި، ކަންކަން ހަނދާންކޮށް، ކަންކަމާމެދު ވިސްނައި، އެކަންކަމާމެދު އަމަލު ކުރުމަށް އުނދަގޫވެއެވެ. އަދި މިކަމުގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމުގެ ކަންތައްތަކަށްވެސް އަސަރު ކުރެއެވެ.

މިއީ އިންފެލެމޭޝަންގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ގިނަ ހޯދުންތަކުން ހޯދިފައިވާއިރު، ދާދި ފަހުން ހެދި ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ޕެއިން ކިލާ ނުވަތަ ތަނދުކަނޑުވަން ބޭނުންކުރާ ތަފާތު އެކި އެންޓި-އިންފްލެމޭޓަރީ ބޭސްތައް ބޭނުން ކުރާނަމަ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

އެމެރިކަން ޖީނިއަޓްރިކްސް ސޮސައިޓީގެ ޖާނަލްއެއްގައި ޝާއިއު ކޮށްފައިވާ މި ދިރާސާ އިން ދައްކާގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ނަން ސްޓެރޮއިޑު އެންޓި-އިންފެލެމޭޓަރީ ޑްރަގްސް (އެންއެސްއޭއައިޑީއެސް) ބޭނުން ކޮށްފައިވާ ފަރާތްތަކަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑައެވެ.

އެންއެސްއޭއައިޑީއެސް އަކީ އާންމުގޮތެއްގައި ތަދު ކަނޑުވަންށާއި، އިންފެލެމޭޝަން ދައްކުރުމަށާއި، ހުން ފިނި ކުރުމަށް ބޭނުން ކުރާ ބޭސްތަކެކެވެ. މި ބޭސްތައް މަސައްކަތް ކުރަނީ ހަށިގަނޑު އިންފްލޭމް ކުރުމުގައި ބޮޑު ރޯލެއް އަދާކުރާ ކެމިކަލްތަކެއް ކަމަށްވާ ޕްރޮސްޓާގްލަޑިންސް އުފައްދާ އެންޒައިމުތައް ބްލޮކު ކޮށްގެންނެވެ.

އާންމުކޮށް ބޭނުންކޮށްއުޅޭ ބައެއް އެންއެސްއޭއައިޑީއެސް ގެ ތެރޭގައި އައިބްފޫޕްރޮފިން، ނެޕްރޮކްސެން، އެސްޕިރިން އަދި ޑައިކްލޯފެނަކް ހިމެނެއެވެ. މި ބޭސްތައް ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ ސީއޯއެކްސް1 އަދި ސީއޯއެކްސް2 ބްލޮކް ކުރެއެވެ. އަދި އޭގެ ސަބަބުން ފްރޮސްޓާގްލަޑިން އުފައްދުން ހުއްޓުވައިދެއެވެ.

މި ބޭސްތައް ބޭނުން ކުރުމުން ހަށިގަނޑު އިންފްލެމޭޓު ވުމުން ދުރުވެ، އޭގެ ސަބަބުން ސިކުނޑީގެ ނާރުތައްވެސް ހަލާކުނުވެ، ދުޅަހެޔޮކޮށް ހުރެއެވެ. އަދި މި ސަބަބާހުރެ މި ބޭނުން ކުރުމުން ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.

ތަދުކަނޑުވާ ބޭސްތަކަކީ ޑިމެންޝިއާއިން ރައްކާތެރި ވުމުގައި އެހީވެދޭ ބޭސްތަކެއްނަމަވެސްް މި މާ ގިނައިން ބޭނުން ކުރާނަމަ އޭގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ކިޑްނީ ބަލިތައް ޖެހުމާއި، ހިތުގެ މައްސަލަތައް ދިމާވުން ހިމެނެއެވެ. އެހެންވެ މި ބޭނުން ކުރާއިރު މިކަމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން