ފެޓީ ލިވާ ޑިޒީޒް، ފޮޓޯ: ގޫގުލް
ފެޓީ ލިވާ ޑިޒީޒް، ފޮޓޯ: ގޫގުލް
ފެޓީ ލިވާ ޑިޒީޒް ނުވަތަ ފުރަމޭގައި ސަރުބީ ޖެހުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ފުރަމޭގައި މާ ގިނައިން ސަރުބީ ހުންނަ ނަމަ ހަކުރު ބައްޔާއި، ކިޑްނީގެ ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަން ރަނގަޅު ކުރަން ބޭނުންވާނަމަ ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިފަހަރު މި ހިމަނާލަނީ ފުރަމޭގައި ސަރުބީހުންނަ ނަމަ ބޭނުން ކުރުން ހުއްޓާލަން ޖެހޭ ބައެއް ތަކެއްޗެވެ.

ތެލުލި ކާނާ

ފުރަމޭގައި ސަރުބީ ހުންނަ ނަމަ ތެލުލީ އެއްޗެހި ކާވަރު މަދުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ތެލުލީ ކާއެއްޗެހީގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ގެއްލުންހުރި ޓްރާންސްފެޓު ހިމެނޭ ބާވަތްތަކެވެ. މި އެއްޗެހި ބޭނުން ކުރުމުން ފުރަމޭ ދުޅަވެ، ފުރަމޭގައި އިތުރަށް ސަރުބީ ޖަހައެވެ.

ހަކުރު ހުންނަ ބުއިންތައް

ފުރަމޭގައި ސަރުބީ ހުންނަ ނަމަ އެނާޖީ ޑްރިންކާއި ސޮޑާ ފަދަ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތައް ބޭނުން ކުރުން ހުއްޓާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިފަދަ ބުއިންތަކަކީ އޭގައި ގިނަ އަދަދަކަށް ފްރަކްޓޯސް ހިމެނޭ އެއްޗެހި ކަމުން މި ބޭނުން ކުރުމުން ފުރަމެއަށް ބާރުބޮޑުވެ، އޭގެ ސަބަބުން ފުރަމޭގައި ސަރުބީ ހުންނަ ވަރު އިތުރުވެއެވެ.

ރިފައިން ކޮށްފައިހުންނަ ކާބޯހައިޑްރޭޓު

ރިފައިން ކޮށްފައި ހުންނަ ކާބޯހައިޑްޜޭޓުތަކަކީ ޕެކް ކޮށްފައި ހުންނަ ޕާސްތާ ފަދަ ބާވަތްތަކެވެ. މި އެއްޗެހި ޕްރޮސެސް ކުރާއިރު އޭގައި ހުންނަ ފައިބާތަކާއި ނިއުޓްރިއެންޓުތަކާއި މިނަރަލްތައް ގެއްލެއެވެ. ފެޓީ ލިވާ ހުންނަ ނަމަ މި އެއްޗެހި ކެއުން ހުއްޓާލުމަކީވެސް މުހިންމު ކަމެކެވެ. މި އެއްޗެހި ބޭނުން ކުރާނަމަ އޭގެ ސަބަބުން ލޭގެ ހަކުރު ހުންނަ ވަރު މަތިވެ، ފުރަމޭގައި ސަރުބީ ޖަހާ ވަރު އިތުރުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން