ހަސަދަވެރިކަމަކީ އިންސާނުންގެ ކިބައިގައި އާންމުކޮށް ހުންނަ ސިފައެކެވެ. ނަމަވެސް، އެއީ ވަރަށް ނުރައްކާތެރި އަދި ގެއްލުންދެނިވި އިހުސާސްއެކެވެ. ހަސަދަވެރިންގެ ފަރާތުން ރައްކާތެރިވެ ތިބުމަށްޓަކައި އެފަދަ މީހުންގެ ފަރާތުން ފެންނާނެ ބައެއް ނިޝާންތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެގޮތުން ބަލާއިރު މީހަކު ތިމާދެކެ ހަސަދަވެރިވާކަން ދައްކުވައިދޭ އެންމެ ބޮޑު ނިޝާނަކީ ތިމާގެ ކާމިޔާބީތަކަށް އެމީހަކު އުފާވެރިނުވުމެވެ. އަދި ކާމިޔާބެއް ހޯދާ ކޮންމެ ފަހަރަކު، އެމީހަކު ތިބާއަށް މަލާމާތްކޮށް، ނުވަތަ ތިމާ ހާސިލުކުރި ކާމިޔާބީގެ އަގު ވައްޓާލަން މަސައްކަތް ކުރާނެއެވެ. އެމީހަކު ތިމާގެ ކާމިޔާބީތަކަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދޭނެއެވެ. އަދި ތިމާގެ ކާމިޔާބީތަކުގެ ވާހަކަ ދައްކަން އެފަދަ މީހުން ބޭނުމެއްވެސް ނުވާނެއެވެ.
ތިމާ ދެކެ ހަސަދަވެރިވާ މީހުންގެ ފަރާތުން ދެން ފެންނާނެ އަނެއް ނިޝާނަކީ ތިމާއަށް ކަންކަމުގައި ގޯސްކޮށް ލަފާ ދިނުމެވެ. އެމީހަކު ތިމާއަށް ދޭ ލަފާއަކީ ތިބާއަށް ގެއްލުންވާނެ ކަންކަމަށް ވެދާނެއެވެ. އަދި އެމީހަކު ތިމާއަށް ދޭ ލަފާއަކީ ތިމާގެ ކުރިއެރުމަށް ހުރަސްއެޅޭނެ ކަންކަމަށްވެސް ވެދާނެއެވެ.
އެފަދަ މީހުން ތިމާ ކުރާ ކޮންމެ ކަމެއްގައިވެސް ވަރަށް ބޮޑަށް ފާޑުކިޔާނެއެވެ. އެގޮތުން ހެދުން އަޅާ ގޮތަށާއި، ވާހަކަދައްކާ ގޮތަށާއި، މަސައްކަތްކުރާ ގޮތް، އަދި އެހެނިހެން ކަންކަމަށް ވެސް އެފަދަ މީހުން ފާޑުކިޔާނެއެވެ. އެމީހުން ފާޑުކިޔަނީ ތިމާގެ ރަނގަޅަށްޓަކައި ނޫނެވެ. އެމީހުން އެކަން ކުރަނީ ތިމާއަށް ފުރައްސާރަކޮށް ދެރަކޮށްލުމުގެ ބޭނުމުގައެވެ.
މިއީ ހަސަދަވެރިވާ މީހުންގެ ފަރާތުން ފެންނާނެ ބައެއް ނިޝާންތަކެވެ. މިފަދަ މީހުންނާ ދޭތެރޭ ސަމާލުވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އެމީހުންގެ ނުރަނގަޅު ނުފޫޒުން ތިމާގެ ނަފުސު ރައްކާތެރި ކުރަންޖެހެއެވެ.
ހަސަދަވެރިކަމަކީ ގުޅުންތައް ހަލާކުކޮށްލާ، މީހުންގެ ނަފުސަށް ގެއްލުންދޭ އެއްޗެކެވެ. އެހެންކަމުން، ތިބާގެ ކިބައިގައި ހަސަދަވެރިކަމުގެ އިހުސާސްތައް އުފެދޭނަމަ، އެ އިހުސާސް ކޮންޓްރޯލްކުރަން މަސައްކަތް ކުރަންޖެހެއެވެ. އަދި އެހެން މީހުންގެ ކާމިޔާބީތަކަށް އުފާވެރިވާން ދަސްކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު