"މާ" ގެ ޕޯސްޓަރު، ފޮޓޯ: ގޫގުލް
"މާ" ގެ ޕޯސްޓަރު، ފޮޓޯ: ގޫގުލް
ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލްގެ ކުރިއަށް އޮތް ފިލްމު "މާ" ގެ ފުރަތަމަ ލުކް ދައްކައިފިއެވެ.

މިއީ މިތޮލޮޖިކަލް ހޮރޯ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު އާންމު ކޮށްފައިވާއިރު، އެއިން ވެސް މި ފިލްމަކީ ވަރަށް ޖަޒުބާތީ ފިލްމަކަށްވާނެކަން ދައްކުވައިދެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މަންމައެއްގެ ލޯބީގެ މައްޗަށެވެ. އެގޮތުން މަންމައަކު ދަރިންނަށްޓަކައި ކޮންމެ ފަދަ ކަމެެއް ކޮށްފާނެ ކަންވެސް މި ފިލްމުން ދައްކުވައިދޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ ވިޝާލް ފިއުރިއާ އެވެ. އަދި މި ފިލްމު ޕްރޮޑިއުސް ކުރަނީ ޖިއޯ ސްޓޫޑިއޯސް އާއި ދޭވަގަން ފިލްމްސް ގުޅިގެންނެވެ.

ކާޖަލްއަކީ އަބަދުވެސް ވަރަށް ތަފާތު ރޯލުތައް ކުޅޭ ތަރިއަކަށްވީއިރު، އޭނާ ކުޅޭ ކޮންމެ ރޯލަކުންވެސް އޭނާގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. މި ސަބަބާހުރެ ބެލުންތެރިން ތިބީ ފިލްމު ނެރޭނެ ދުވަހަކަށް ކެއްމަދު ވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި "މާ" ސިނަމާތަކަށް ނެރޭނީ މިއަހަރު ޖޫން މަހު ފަހުކޮޅުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން