ރިތިކު ރޯޝަން، ގޫގުލް އިމޭޖެސް
ރިތިކު ރޯޝަން، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ރޯޝަންގެ ފަޔަށް ލިބުނު ޒަހަމެއްގެ ސަބަބުން "ވާ 2" ގެ ބައެއް ޝޫޓުތައް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓިތައް ބުނާ ގޮތުގައި ރިތިކުގެ ފަޔަށް ވަނީ ތަދެއް އަރާފައިވަނީ "ވާ 2" ގެ ޝޫޓުތައް ކުރަމުން ދަނިކޮށެވެ. އަދި މިކަމާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައިވަނީ ރިސްކެއް ނުނެގުމުގެ ގޮތުން ތަދު ރަނގަޅު ވަންދެން އަރާމު ކުރުމަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެގޮތުން ޑޮކްޓަރުން ލަފާ ދީފައިވަނީ 4 ހަފްތާއަށް އަރާމު ކުރުމަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ސަބަބާހުރެ ޑާންސް ފޭސްއޮފް ޝޫޓު ކުރަން މިހާރު ތާވަލު ކުރެވިފައިވަނީ މިއަހަރު މެއި މަހަށެވެ.

ފޭސްއޮފް ލަވަ ޝޫޓު ކުރުން ލަސްވިނަމަވެސް މިހާރު ފިލްމުގެ ލީޑު ތަރިންގެ ޝޫޓުތައް ނިމިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ފިލްމު މިހާރު ވަނީ ޕޯސްޓް ޕްރޮޑަކްޝަން ސްޓޭޖުގައި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

"ވާ 2" ގައި ރިތިކު އާއި ޖޫނިއާ އެންޓީއާރު އާ ދެމެދު ޑާންސް ފޭސްއޮފެއް އޮންނަ ވާހަކަ އާންމު ކުރުމާއެކު، މި ފިލްމަށް ވަނީ ގިނަ ބައެއްގެ ސަމާލުކަމެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން