ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދާފައިވާ އެލޮން މަސްކުގެ ’އެކްސް‘ އަށް ‘ސައިބަރ އެޓޭކް’ އެއް ދީފިއެވެ.

މަސްކު ބުނާ ގޮތުގައި މީސް މީޑިޔާ ޕްލެޓްފޯމް އެކްސް އަށް މި ހަމަލާ އަމާޒުކޮށްފައިވަނީ ކަރަންޓް ކެނޑުމަށްފަހުގައެވެ. އަދި އޭނާގެ އެޕްލިކޭޝަނަށް ދިން މި ހަމަލާގެ ސަބަބުން 40،000 މީހުންނަށް އެކްސް ސައިޓަށް ނުވަދެވި މަަަސައްކަތަށް ވަނީ ބުރު އަރާފައެވެ.

ޓެކް ބިލިއަނަރު އެލޮން މަސްކު ބުނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އަށް އަބަދުވެސް ސައިބާ އެޓޭކްތައް އަންނަ ކަމަށާއި ނަމަވެސް މިފަހަރުގެ ހަމަލާއަކީ ވަރަށް ގިނަ ބަޔަކު ވެގެން ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ނުވަތަ ކޮންމެވެސް ގައުމަކުން ދިން ހަމަލާއެއް ކަމަށެވެ. މީގެ ތަފްސީލެއް މަސްކު ނުދެއެވެ.

މި ހަމަލާގެ ސަބަބުން އެންމެ ބޮޑަށް ބުރޫއަރާފައިވަނީ އެމެރިކާގެ އައްސޭރިފަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ޑައުންޑިޓެކްޓަރ ޑޮޓްކޮމް އިން ވަނީ ބުނެފައެވެ. އެގޮތުން 56 އިންސައްތަ މައްސަލަ ރިޕޯޓްކޮށްފައިވަނީ އެކްސް އެޕް އަށް ކަމަށާއި 33 އިންސައްތަ ރިޕޯޓްކޮށްފައިވަނީ އެ ވެބްސައިޓަށް ކަމަށް ޑައުންޑިޓެކްޓަރ ޑޮޓްކޮމް އިން ވަނީ ބުނެފައެވެ.

ޓްވިޓާގެ ނަމުން މަޝްހޫރުވި ސޯޝަލް މީޑިއާ ޕްލެޓްފޯމް މަސްކުގެ އަމިއްލަ އެއްޗަކަށް ހެދީ 2022 ވަނަ އަހަރުގައެވެ. އަދި އޭނާ ވަނީ އެ ޕްލެޓްފޯމްގެ ނަން އެކްސް އަށް ބަދަލުކޮށް އެ ކުންފުނީގެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. އޭގެ ފަހުން ތަކުރާރުކޮށް ފަންނީ މައްސަލަތަކާ އެ ކުންފުނިން އަންނަނީ ކުރިމަތިލަމުންކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން