ދިވެހި ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ގުރުއަތެއްގައި މި 50 މީހުން ހޮވާފައިވާއިރު ސަރުކާރުުގެ ހަރަދުގައި ހައްޖަށް ފޮނުވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި 50 މީހުން ހޮވާފައި ވަނީ ހިލޭ ޙައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 302 މީހެއްގެ މެދުގައި ނެގުނު ގުރުއަތުންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ހޮވި 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރި ނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެ ނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ ދިހަ މީހުން ވެސް ގުރުއަތުން ހޮވައިފަ އެވެ.
ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި 1،000 ފަޤީރުން ޙައްޖަށް ފޮނުއްވަން އޮތީ ނިންމައިފަ އެެވެ.

ކިޔުންތެރިންގެ ހިޔާލު