ސިދާތް މަލްއޮތުރާ، ގޫގުލް އިމޭޖެސް
ސިދާތް މަލްއޮތުރާ، ގޫގުލް އިމޭޖެސް
ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސިދާތު މަލްއޮތުރާ ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިދާތު ވަނީ އޭނާއަށް ލިބޭ ދަރިން ތަރުބިއްޔަރު ކުރަން ބޭނުންވާ ގޮތާ މެދު ވާހަކަ ދައްކާފައެވެ. އެގޮތުން ސިދާތު ބުނެފައިވަނީ އޭނާ ބޭނުންވަނީ އޭނާގެ ދަރިންނަކީ އެހެން މީހުންމަށް އޯގާތެެރި އަދި އެހެން މީހުންނަށް އިހްތިރާމް ކުރާ ބަޔަކަށް ހެދުމަށް ކަމަށެވެ.

އަދި އޭނާގެ ދަރިންނަކީ އެކުދިންގެ އިހުސާސްތައް ބުނެދޭން އެނގޭ، އަދި އެކުދިންނަށް ކުރެވޭ ކަންކަމުގައި އަމިއްލަ ޒިންމާވެސް ނަގަން އެނގޭ ކުދިބަޔަކަށް ވުމަށް ބޭނުންވާ ކަމަށްވެސް ސިދާތު ވަނީ ބުނެފައެވެ.

ސިދާތު މިހެން ބުނެފައިވާއިރު، އޭނާއާއި ކިއަރާ އަދްވާނީ އަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަން ދާދި ފަހުން ވަނީ އިއުލާން ކޮށްފައެވެ. މި ހަބަރު އިއުލާން ކުރުމަށްފަހު ކިއަރާ ވަނީ ދަރިފުޅަށް ވަގުތު ދިނުމަށްޓަކައި އޭނާގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓުތައްވެސް ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން