ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ61 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި، ކޮނުމުގެ މަސައްކަތް ކަމަށެވެ.
މުޅި ޖުމްލަ 2.53 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 8103 ސްކުއެއަރ މީޓަރު ސަރަޙައްދެއް ސާފުކުރުމާއި، ކޮނުމާއި، ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ މި މަޝްރޫޢުގައި ސޮއިކުރެވުނީ 11 ސެޕްޓެމްބަރ 2019 ގައެވެ.
މީގެ އިތުރުން ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 23 އިންސައްތަވެސް އެމްޓީސީސީން މިހާރު ވަނީ ނިންމާފައެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
ޖުމްލަ 65.1 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 88623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން 2250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނިފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 01 މާރޗް 2020 ގައެވެ. އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ހަލުވި ދުވެލީގައި ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު