ދިރިއުޅުމުގައި ބިޒީވެ އުޅޭއިރު ކަންކަމާ ވަރަށް ބޮޑަށް ވިސްނި، މީހާގެ ސިކުނޑި ވަރަށް ބޮޑަށް ބަލިކަށިވެއެވެ. މިކަމުން ދުރުވެ، ހަމަޖެހިލުމަށްޓަކައި ސިކުނޑި ޑިޓޮކްސް ކުރުމަކީ މުހިންމު ކަމެކެވެ. ސިކުނޑި ޑިޓޮކްސް ކުރުމަކީ މީހާގެ ސަމާލުކަން ރަނގަޅުކޮށް، ނެގެޓިވް ހިޔާލުތަކާ ދުރަށް ގެންގޮސް, ސްޓްރެސް އާ ދުރުކުރުމުގަައި އެހީވެދޭ ކަމެކެވެ. ސިކުނޑި ޑިޓޮކްސް ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައް ކުރެވޭނެއެވެ.
އެގޮތުން ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ނޭދެވޭ ހިޔާލުތަކާ ދުރުވެލުމެވެ. މިއީ ކޮންމެ މީހެއްގެވެސް ސިކުނޑީގެ ސިއްހަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ނޭދެވޭ ހިޔާލުތަކުން ދުރުހެލިވުމަށްޓަކައި ވިސްނުން އެހެން ކަންކަމަށް ބަދަލުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މިސާލަކަށް ފޮތެއް ކިޔުން، ނުވަތަ ފިލްމެއް ބެލުން ފަދަ ކަމެއް ކުރެވިދާނެއެވެ.
އެމީހެއްގެ ވަށައިގެންވާ މާހައުލު ސާފުކުރުމަކީވެސް ސިކުނޑި ޑިޓޮކްސް ކުރެވިދާނެ ގޮތެކެވެ. އެގޮތުން ދިރިއުޅޭ ކޮޓަރިއާއި، ގެންގުޅޭ މޭޒުތަކާއި، ގޭގެ ބަދިގެ ފަދަ ތަންތަން ގަވާއިދުން ސާފުކުރުމަކީ މުހިންމު ކަމެކެވެ. މިހެން ހެދުމުން ސިކުނޑި ހަމަޖެހި، ނޭދެވޭ ހިޔާލުތަކާވެސް ފަސޭހަކަމާއެކު ދުރަށް ދެވޭނެއެވެ. އަދި ހަމަޖެހިލައިގެން ހުރެވޭނެއެވެ.
މީގެ އިތުރުން ދިރިއުޅުމުގައި ހުރި ރަނގަޅު ކަންތައްތަކާމެދު ޝުކުރުވެރި ވުމަކީވެސް ސިކުނޑި ޑިޓޮކްސް ކުރުމަށް އެހީވެދޭ ކަމެކެވެ. އެހެންވެ، ކޮންމެ ދުވަހެއްވެސް ފަށައިގަންނައިރު ދިރިއުޅުމުގައި ހުރި ތިން ކަމަކަށް ޝުކުރުވެރިވުމަށްފަހު ދުވަސް ފަށައިގަނެވޭތޯ ބަލަން ޖެހެއެވެ. މިހެން ހަދާނަމަ ވިސްނުން ޕޮޒިޓިވްވެ، މުޅި ދުވަހު އުފާވެރިކަންމަތީ އެމީހަކަށް ހުރެވޭނެއެވެ.
މި ހުރިހާ ކަމަކީވެސް ސިކުނޑި ޑިޓޮކްސް ކުރުމަށް ކުރެވިދާނެ ކަންކަމެވެ. މި އާދަތައް ގެންގުޅޭނަމަ ސިކުނޑި ދުޅަހެޔޮވެ، ނޭދެވޭ ހިޔާލުތަކާ ދުރަށް ދެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެއެވެ. މިއީ ކުޑަ ބަދަލުތަކަށްވީނަމަވެސް، މީގެ ނަތީޖާ ވަރަށް ފުރިހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު