ހެލްތު މިނިސްޓަރު ނާޒިމް--
ހެލްތު މިނިސްޓަރު ނާޒިމް--
ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ،

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ގާއިމުކުރަން ނިންމާފައިވަނީ 100 އެނދުގެ ހޮސްޕިޓަލެކެވެ.

ހެލްތު މިނިސްޓަރު ރޭ ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު އޮތީ ވިލިމާލޭގެ ހޮސްޕިޓަލު އަޅަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޗައިނާގެ ޓީމު މިކޮޅަށް މޯބިލައިޒްވެގެން އެ މަސައްކަތް ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެ ހޮސްޕިޓަލުގެ މަސައްކަތް ސީދާ ފަށާނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ގްރޭޓަރ މާލެއަށް އިތުރު ހެލްތު ފެސިލީޓީޒް އަންނަންޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި އާ ހޮސްޕިޓަލެއް އަޅަން ނިންމީވެސް އެ ވިސްނުމުގެ ތެރެއިން ކަމަށެވެ.

އަދި ވިލިމާލެ ބުރިޖަކުން ގުޅިގެންދާއިރު މި ހޮސްޕިޓަލުގެ ސަބަބުން ގިރާވަރު ފަޅުގައި އާބާދުވާ މީހުންނަށްވެސް ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންވީމާ މާލޭގައި މިހިރަ މެއިން ހޮސްޕިޓަލު އެއީ އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ލުއިވާނެ ކޮންމެ ގޮތަކީ ރައްޔިތުންނަށް ލުއިކަން އަންނާނެ ގޮތެއް. އަދި ވިލިމާލެ ހޮސްޕިޓަލާްއެކު މާލެއަށް މި އިތުރު ކުރެވޭ ހެލްތު ފެސިލިޓީސްއާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން