އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަސްކޮއި ހައްޖު ގްރޫޕުން މީހުންގެ އަތުން ފައިސާ ނަގައި އުމްރާއަށް ނުގެންދިޔަ މައްސަލައާ ގުޅޭ ގޮތުން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އަސްކޮއި ޖަމާއަތުގެ މައްސަލަ މިހާރު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަމާ ބެހޭ ޔުނިޓުގެ ފަރާތުން މައްސަލަ ބަލަމުން ދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ކަންތައް ކުރާ ޖަމާއަތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ވަރަށް މިފަހުންވެސް ބައެއް ޖަމާއަތްތަކުގެ ހުއްދަ ބާތިލްކޮށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
އަސްކޮއި ޖަމާއަތުގެ މައްސަލައެއް އެ ވުޒާރާއިން ބަލަން ފަށާފައި މިވަނީ އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ދަތުރު ނުކުރުމަށް އެ ޖަމާއަތުން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އުމްރާއަށް ދާން ފައިސާ ދައްކައި، ތައްޔާރުވެފައިވަނިކޮށް ނުގެންދެވޭނެކަން އަންގާފައިވަނީ އަސްކޮއި ގްރޫޕުގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ. އެ ފަރާތްތަކުން ވަނީ މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކާ ނިންމާފައެވެ.
އަދި އެފަރާތްތަކުން ދަތުރަށް ތައްޔާރުވެ، މާލެ އައުމުގެ އިންތިޒާމްވެސް ހަމަޖައްސައިގެން ތިއްބާ އެ ގްރޫޕުން ވަނީ ދަތުރު ކުރެވެން ނެތްކަން އަންގާފައެވެ.
އެފަރާތްތަކުން އުމްރާއަށް ދާން ފައިސާ ދައްކާފައިވަނީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
އަދި އެހެން ޖަމާޢަތެއް މެދުވެރިކޮށް ރަމަޟާން މަހުގެ އުމްރާއިން ޖާގަ ހޯދުމަށްފަހު ފައިސާ ދެއްކުމަށް، އަސްކޮއި ޖަމާއަތަށް ދައްކާފައިހުރި ފައިސާ އަނބުރާ ދިނުމަށް އެދުމުން އެ ފައިސާ ދީފައިނުވާ ކަމަށްވެސް އެފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު