މަރްޔަމް ނަހްދާ ވަޙީދު   14 މާރިޗު 2025 - 3:35
ގްރީން ޓީ ބޮނީ، ގޫގުލް އިމޭޖެސް
ގްރީން ޓީ ބޮނީ، ގޫގުލް އިމޭޖެސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މީހާގެ މެޓަބޮލިޒަމް ރަނގަޅު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ވުމުން ހަށިގަނޑުގައި ހުންނަ ކާނާގެ ބާވަތްތައް ހަކަތައަށް ބަދަލުކޮށްދީ، މީހާގެ ބަރުދަން ލުއިކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އެކި ސިއްހީ މައްސަލަތަކުން މީހާ ރައްކާތެރި ވެއެވެ.

މިފަހަރު މި ހިމަނާލަނީ ހަށިގަނޑުގެެ މެޓަބޮލިޒަމް ރަނގަޅު ކުރުމަށް އެހީވެދޭ ބައެއް ބާވަތްތަކެވެ.

ގްރީން ޓީ

ގްރީން ޓީ އަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެކެވެ. ގްރީން ޓީ ބުއިމުން މީހާގެ މެޓަބޮލިޒަމް ރަނގަޅު ކޮށްދީ ހަށިގަނޑުގައި ހުންނަ ފެޓު އޮކްސިޑައިޒް ކޮށްދެއެވެ. އަދި އޭގެ ސަބަބުން ކެލޮރީތައް މަދުވެ، ބަރުދަން ލުއިވެއެވެ.

އިނގުރު

އިނގުރަކީ ޒަމާނުއްސުރެ ކާއެއްޗެހީގެ ރަހަ މީރު ކުރުމަށާއި ދިވެހި ބޭސްތައް ތައްޔާރު ކުރުމަށް ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. މި ބޭނުން ކުރުމުން ހަށިގަނޑުގައި ހޫނު އުފެދޭވަރު އިތުރުވެ، އޭގެ ސަބަބުން ހަޖަމުގެ ނިޒާމުގެ މަސައްކަތް އަވަސް ވެއެވެ. މިކަމުގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުވެ، ފަސޭހަކަމާއެކު ބަރުދަން ލުއި ކުރެވެއެވެ.

ސީވީޑު

މިއީވެސް ހަމަ ވަރަށަ ގިނަ ދިވެހިންނަށް ކަމުދާ އެއްޗެކެވެ. ސީވީޑު ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ އައޮޑިން ލިބި، އޭގެ ސަބަބުން ތައިރޮއިޑު ހޯމޯނު އުފެދޭ މިންވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުވެ، ފަސޭހަކަމާއެކު ބަރުދަން މެނޭޖު ކުރެވެއެވެ.

މަސްދަރު: ލައިވްމިންޓު



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން