ރާއްޖޭގެ ދެ ރަށެއްގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.
އެގޮތުން ފެނަކައާ ހަވާލު ކޮށްފައިވަނީ ލ. މާބައިދޫ އަދި ޅ. އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ގާއިމް ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދެރަށުގައިވެސް އިމާރާތް ކުރެވޭ ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފީގައި 3 ކުލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ހިމެނޭނެ ކަމަށެވެ.
މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ހިޔާލު