މަރްޔަމް ނަހްދާ ވަޙީދު   15 މާރިޗު 2025 - 17:20
މަޝްރޫއުތަކުގައި ސޮއި ުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ، ފޮޓޯ: މިނިސްޓްރީ
މަޝްރޫއުތަކުގައި ސޮއި ުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ، ފޮޓޯ: މިނިސްޓްރީ
ރާއްޖޭގެ 11 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓަރުންނާއެކު ސޮއި ކޮށްފިއެވެ.

މި މަޝްތޫއުތަކަކީ ރައީސް ޑރ. މުހައްމަދުގެ އިސްލާމީ ދާއިރާތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއެވެ.

އެގޮތުން 8 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ފެނަކައާ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- އައްޑޫ ސިޓީގެ ފޭދޫ އަވަށުގެ ހިއްކި ސަރަޙައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމުގެ މަސައްކަތް

- ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

ބާކީ 3 ރަށުގެ މިސްކިތް ބިނާ ކުރުމުގެ މަސައްކަތް މިނިސްޓްރީން ހަވާލު ކުރެއްވީ އެމްޓީސީސީއާއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- ބ. މާޅޮސް 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

- އއ.ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް

މި އެއްބަސްވުންތަކުގެ ތެރެއިން ށ.ނޫމަރާ އަދި ތ .ވޭމަންޑޫގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމަންހަވާލުކޮށްފައި ވަނީ 550 ދުވަހެވެ. ބާކީ ހުރިރަށްތަކުގެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހަށެވެ.

މި އެއްބަސްވުންތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހެވެ. އަދި އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއުތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން