ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާއަށް ލިޔުން ހަވާލުކުރުން--
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާއަށް ލިޔުން ހަވާލުކުރުން--
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހުމަދު ނިޒާރު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ހިކުމާ އެ މަގާމަށް އައްޔަނުުކުރީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ހިކުމާ ކުރެއްވި އިރު އޭނާއަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުއިއްޒު ވަނީ ހިކުމާއާ ހަވާލުކޮށްދެއްވައިފަ އެވެ.

ހިކުމާ މީގެ ކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެވިޑް ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން