އެހެން މީހުންގެ ތެރޭގައި ސިނގިރޭޓު ބޯނަމަ އެކަމުގެ އަސަރު އެމީހުންނަށްވެސް ކުރޭ، ގޫގުލް އިމޭޖެސް
އެހެން މީހުންގެ ތެރޭގައި ސިނގިރޭޓު ބޯނަމަ އެކަމުގެ އަސަރު އެމީހުންނަށްވެސް ކުރޭ، ގޫގުލް އިމޭޖެސް
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ނުހަނު ގެއްލުން ހުރި ކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. "ޕެސިވް ސްމޯކިން" އަކީވެސް ހަމަ އެހާ ނުރައްކާތެރި ކަމެކެވެ.

"ޕެސިވް ސްމޯކިން" އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މާހައުލަށް ބޭރުކުރާ ދުން، ތިމާ ނޭވާލާއިރު ހަަށިގަނޑަށް އެތެރެވުމެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

އެގޮތުން ބަލާއިރު ޕެސިވް ސްމޯކިންގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވުމެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ރިޕޯޓެެއްގައި ބުނާ ގޮތުގައި މިގޮތަށް ހަށިގަނޑަށް އެތެރެވާ "ސެކަންޑްހޭންޑު ސްމޯކު" އަކީ އޭގައި ގިނަ އަދަދަކަށް ކާސިނޯޖެންތައް ހިމެނޭ އެއްޗެއްކަމުން، އޭގެ ސަބަބުން ފުއްްޕާމޭގެ ޓީޝޫތައް ހަލާކުވެ، ކެންސަރު ބައްޔަށް މަގުފަހިވެއެވެ.

ޕެސިވް ސްމޯކިންގެ ސަބަބުން ދެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހިތުގެ ބަލިތައް ޖެހުމެވެ. "ސެކަންޑްހޭންޑު" ދުން ހަށިގަނޑުގެ އެތެރެއަށް ދިއުމުން އޭގެ ސަބަބުން ހިތުގެ ތެޅުން އިތުރުވެ، ލޭގެ ޕްރެޝަރު މަތިވެއެވެ. އަދި މިކަމުގެ ސަބަބުން ސްޓްރޯކު އާއި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދިގު މުއްދަތަކަށް މިފަދަ ދުމަށް ހުށަހެޅުމުގެ ސަބަބުން ހިތުގެ އާޓަރީތައް ހަރުވެ، އޭގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާ ނިޒާމަށްވެސް އަސަރު ކުރެއެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. އަދި އެ ބަލިތައް ހުންނަނަމަ އެ މައްސަލަ އިތުރަށް ސަަކަރާތްވެސް ވެއެވެ. މިފަދަ ދުމަށް މީހާ ހުށަހެޅުމުން އޭގެ ސަބަބުން ފުއްޕާމޭ އިންފްލޭމްވެ، މިއުކަސް އުފައްދާ ވަރު އިތުރު ވެއެވެ. އަދި މިކަމުގެ ސަބަބުން ނޭވާލާން އުނދަގޫވެ، ދިގުދެމިގެންދާ ކެއްސުމާއި، ނޭވާހިއްލުން ފަދަ މައްސަަލަތައް ދިމާވެއެވެ.

ޕެސިވް ސްމޯކިން މިއީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. އަމިއްލަ ސިއްހަތާއި، ލޯބިވާ މީހުންގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ، އެކަމުން ރައްކާތެރިވާން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން